ދީން

މޯލްޑިވިއަނުން ރޯދަމަހު ބާއްވާ ޤުރުޢާން މުބާރާތް ފަށައިފި


ރާއްޖޭގެ ޤައުމީ އެއާލައިން - މޯލްޑިވިއަނުން އިންތިޒާމް ކޮށްގެން ރޯދަމަހަށް ޚާއްސަ ކޮށްގެން ބާއްވާ ޤުރުޢާން މުބާރާތް ސޯޝަލް ސެންޓަރުގައި ފަށައިފިއެވެ.

މި މުބާރާތް ހިންގުމާއި ހަވާލުވެ ހުންނެވި އައިލެންޑް އޭވިއޭޝަންގެ ސެކްރެޓަރީ ޝަމީމް ފައިސަލް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ދީނީ ރޫހު އާލާކުރުން ކަމަށެވެ.

މި މުބާރާތް ޝޯޝަލް ޝެންޓަރުގައި ކުރިޔައްދާއިރު، މި މުބާރާތުގައި ޖުމްލަ 78 ބައިވެރިން ވާދަކުރެއެވެ. މުބާރާތް ކުރިޔައްދަނީ ބަލައިގެން ކިއުމާއި ނުބަލައި ކިއުން ހިމެނޭގޮތުން ދެގޮތްޕަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި މިއަދު މެންދުރުފަހު ކިޔެވުމަށް ހަމަޖެހިފައި ވަނީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނެވެ. މި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ގޮތްޕަކުންވެސް އެންމެ މޮޅު 10 ބައިވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މުބާރާތުގެ ބައިވެރިންނަށް، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.