ކޯޓް އަމުރެއްގެ ދަށުން ގެއެއް ބަލާ ފާސްކޮށް އެގެއިން ދެ ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހަވީރު ބަލާ ފާސްކުރީ މ. ސްނޯ ލިލީގެ ކަމަށެވެ. އަދި އެގެ ބަލާ ފާސްކޮށް މަސްތުވާތަކެތި އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް ފުލުހުން ހޯދާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލު ވިދާޅުވީ އެ ގެ ބަލާ ފާސްކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކު 40 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.