ތަރައްްޤީ

މަޖީދީމަގުގެ މަރާމާތުގެ މަސައްކަތް ރަމަޟާންމަހަށް މެދުކަނޑާލައިފި


މަޖީދީމަގު މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތް މެދުކަނޑާލާ މަގު އެއްކޮށް ހުޅުވާލައިފިއެވެ.

ޓްވިޓާ މެދުވެރިކުރައްވާ ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މިކަން ހާމަކުރައްވަމުން ވިދަޅުވެފައިވަނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އަލުން ފަށާނީ ރަމަޟާން މަސް ނިންމާ ފިތުރު ޢީދަށް ފަހުކަމަށެވެ. ރަމަޟާން މަހާ ދިމާކޮށް މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެގެންދާއިރު އެކަމަށް ލުޔެއް ދެއްވުމަށް މަޖީދީމަގު އަލުން ހުޅުވާލިއިރު މަޖީދީމަގު މަރާމާތުކުރުމަށް ކުރިޔަށްގެންދާ މަސައްކަތުގެ ދަށުން އެ މަގުގު ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައިގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. tw:https://twitter.com/MMuizzu/status/864656761751429120

ހައުސިންގ މިނިސްޓްރީން މާލޭގެ މަގުތައް ހައްދަވަން ފަށްޓަވާފައިވަނީ ފަސޭހަކަމާއެކު މީހުންނަށް ހިނގާބިނގާވެ އުޅެވޭނެ ގޮތަށެވެ. އެގޮތުން މިހާރުވަނީ ދުވާރުގައި ޖާހާފައިހުރި ގާތައްވެސް ބަދަލުކުރައްވާފައެވެ. އަދި ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ވަނީ ބަދަލުކުރައްވާފައެވެ. މި މަޝްރޫޢުގައި ހިމެނޭ 13 މަގުގެ މަސައްކަތް މުޅިން ނިންމަވާލެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.