ޚަބަރު

ތަހުޤީގަށް ހުރަސްއެޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހްޤީގަށް ހުރަސް އަޅާކަމުގެ ތުހުމަތުގައި ޤާނޫނީ ވަކީލު އަލީ ޝާހު ހައްޔަރުކޮށްފިއެވެ. 

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލު ޝާހު ހައްޔަރުކުރީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުން ކުރިއަށްގެންދަވާ ތަހުޤީގަށް ހުރަސް އެޅުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމަވެސް އޭނާ މިތަހްޤީގަށް ހުރަސްއެޅީ ކިހިނެތްކަމެއް ސާފެއްނުވެއެވެ. އަދި މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި، ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ މީގެކުރިންވެސް ހައްޔަރުކޮށްފައެވެ. އަދި އެ ދެމީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.