ޚަބަރު

ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 35 މެމްބަރުން


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާފައިވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެއެވެ. މި ޖަލްސާތަކުގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވަޑައިގެންފައިވަނީ މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 35 މެންބަރުންނެވެ.

އެ މެންބަރުންނަކީ:

1.މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

2.މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު

3.ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު

4.ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް

5.އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ

6.ބާރަށު ދާއިރާގެ އިބްރާހީމް ޝުޖާޢު

7.ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު

8.ނޮޅިވަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް

9.މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް

10.މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު

11.ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު

12.ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް

13.ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް

14.ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން

15.ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު

16.އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާޢޫދު

17.މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަހްމަދުމަނިކު

18.ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

19.ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް

20.ގުރައިދޫ ދާއިރަގެ މެންބަރު އިބްރާހީމް ރިޟާ

21.މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު

22.މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް

23.ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު

24.ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރީސް މައުމޫން

25.ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން

26.ނިލަންދޫ ދާއިރާގެ ޢަބްދުﷲ ޚަލީލް

27.ތ.ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު

28.މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ

29.ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން

30.ތިނަދޫ ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

31.ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު

32.މަޑަވެލި ދާއިރާގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު

33.ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު

34.ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ

35. އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު

މި ދައުރުގެ ތެރޭގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވެފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްއެވެ. އޭނާ 8 ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވިއިރު، 6 ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ. ދެވަނައަށް އެންމެ މަދުން ހާޒިރުވެފައިވަނީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ. އޭނާ 7 ޖަލްސާއަށް ހާޒިރުވެފައެއްނުވޭ. އަދި ވަޑައިގަތީވެސް 7 ޖަލްސާއަށެވެ. 3 ވަނައަށް އެންމެ މަދުން ވަޑައިގަތް މެންބަރުންނަކީ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމްއެވެ. އެ ދެ މެންބަރުންވެސް ވަޑައިގަތީ 9 ޖަލްސާއަށެވެ. އަދި ފަސް ޖަލްސާއަށް ވަޑއިގެންފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ އަންނަ ޖޫން މަހުއެވެ.