ތިމާވެށި

ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. 

އެއިދާރާއިން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އެހެން ހިސާބުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކިށީގެންވާކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.