ޚަބަރު

ރައީސް ޔާމީން، ޕީއެސްއެމް ނިއުސް ޗެނަލް އިފްތިތާޙުކޮށްދެއްވައިފި


ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސް މިއަދު އިފްތިތާހްކުރައްވައިފިއެވެ. 

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި, މި ޗެނަލް އިފްތިތާހްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ މުނާސަބުކޮށް ޕީއެސްއެމް ނިއުސްގެ ޚިދުމަތް މިއަދު ފެށިއިރު މިއީ އެޗްޑީ ކޮލިޓީގައި ރާއްޖޭގައި ޚިދުމަތްދޭ ފުރަތަމަ އަދި ހަމައެކަނި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޓީވީ ޗެނަލްކަން ފާހަގަކޮށްލެވެ. 

މީޑިއާނެޓުން ޕީއެސްއެމް ނިއުސް ފެނިވަޑައިގަންނަވާނީ ހަތެއް ސުމެއް ދޭއް (702) ނަންބަރު ޗެނަލް އިންނެވެ. ޕީއެސްއެމް ނިއުސްގެ ޚިދުމަތް ސެޓެލައިޓް މެދުވެރިކޮށް މުޅިރާއްޖެއަށް މިހާރު ލިބިވަޑައިގަންނަވާނެއެވެ. ޕީއެސްއެމް ނިއުސްއިން ކޮންމެ ގަޑިއަކު އެއްފަހަރު ޚަބަރަށް ވަގުތު ޚާއްޞަ ކުރާއިރު، ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ކަންކަމާގުޅޭ ޚަބަރާ މަޢުލޫމާތާއި ޕްރޮގްރާމް އިންޓަވިއު އަދި ޑޮކިއުމެންޓްރީވެސް މި ޗެނަލްއިން ގެނެސްދެމުންދާނެއެވެ.