ޚަބަރު

ފުލިދޫ ޖެޓީ ހެދުމުގެ މަސައްކަތް، އިފްތިތާޙް ކޮށްދެއްވައިފި


ވ.ފުލިދޫ ޖެޓީ ހެދުމުގެ މަސައްކަތް، ފިނޭންސް މިނިސްޓަރ އިފްތިތާޙް ކޮށްދެވައިފިއެވެ.

ފިނޭންސް މިނިސްޓަރ މި މަޝްރޫޢު މިއަދު އިފްތިތާހް ކޮށްދެވީ ވ.އަތޮޅު ފުލިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އިނާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. ޖުމުލަ 3 މަސްދުވަހުގެ ތެރޭގައި ނިންމަން ބަޖެޓު ކޮށް މިމަސައްކަތް ޙަވާލުކޮށްފައިވިޔަސް، 2 މަސްދުވަހުގެ ތެރޭގައި މި މި މަސައްކަތް ނިންމާލާނެކަމަށް ކޮންޓްރެކްޓަރ އިނާ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.

 އާބާދީ މަދު ވ.ފުލިދޫ ޖެޓީ ހެދުމުގެ މަޝްރޫޢު ފިނޭންސް މިނިސްޓަރ މިއަދު އިފްތިތާހް ކޮށްދެއްވިއިރު، ސަރުކާރުން ގެންދަވަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. އެގޮތުން ބޮޑެތި އާބާދީތަކަށް އަމާޒުކުރައްވައިގެން ބިޔަ އެތައްމަޝްރުޢުތަކެއް ހިންގަވާއިރު، ކުދިކުދި އަބާދީތަކަށް ބޭނުންވާ މުހިންމު ދާއިރާތަކުގައިވެސް އެކި މަޝްރޫޢުތައް ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ.