ތަރައްްޤީ

3 ރަށެއްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި


ތިން ރަށެއްގެ ނަރުދަމާ ނިޒާމުގެ ސާވޭކޮށް ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފިއެވެ. މިރަށްރަށަކީ ހއ. މާރަންދޫ، މުރައިދޫ އަދި ބ.މާޅޮހުގެ ނަރުދަމާ ނިޒާމުގެ މަސައްކަތެވެ.  

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ތިން ރަށުގެ ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ހއ. މާރަންދޫ، ބ. މާޅޮހާއި ހއ. މުރައިދޫގެ ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިން ކޮންސަލްޓަންސީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް، މި މަސައްކަތް ކުރުމަށް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ އަށްސަތޭކަ ހަތްދިހަ އަށްހާސް ސާޅީސް ހަތަރު ރުފިޔާއަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރަ ޠާރިޤް އިބްރާހީމްއެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ގޯތަމް މަހާލިރް ޝާޙްއެވެ.