ޚަބަރު

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި


ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަގާމް މިއަދު ދެއްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކާނަލްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ ލެފްޓިނަންޓް ކާނަލްގެ މަޤާމުގައި ތިއްބެވި ދެ ބޭކަލުންކަމުގައިވާ އަހުމަދު ޤިޔާސް އާއި ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދެވެ.

img:http://s2.psmnews.mv/images/660x400/14913065611887.jpg|

މި ދެ ބޭކަލުންނަށް މަޤާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރެވެ.

img:http://s2.psmnews.mv/images/660x400/14913065760942.jpg|

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފްންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެވަޑައިގެންފައިވެއެވެ.