ތަރައްްޤީ

މިހާރު މޯލްޑިވިއަން ބްލަޑް ސަރވިސްއިންވެސް ފްލޫ ވެކްސިން ޖެހޭނެ


މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން، އިންފުލުއެންޒާ އެޗްވަންއެންވަން އަށް ވެކްސިން ދޭ ތަންތަނުގެ ލިސްޓަށް މޯލްޑިވިއަން ބްލަޑް ސަރވިސް އިތުރުކޮށް އެތަނުން ވެކްސިން ދިނުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދުން ފެށިގެން ހުކުރާއި ދުވަހާއި ހޮނިހިރުދުވަސް ފިޔަވާ ކޮންމެ ދުވަހު މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވެކްސިން ދެމުން ގެންދަވާނެކަމަށެވެ. އަދި ވެކްސިން ޖެހުމަށް އެތަނުން ދޫކުރައްވާނީ ދުވާލަކަށް ސަތޭކަ ނަމްބަރުކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސް އިން ވެކްސިން ދެމުންގެންދަވާނީ މާބަނޑު މީހުންނަށާއި، އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި، ކެންސަރުބަލީގެ މީހުންނާއި، ކެންސަރު ބަލީގެ މީހުންގެ ތެރެއިން 3 އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާމިހުންނާއި، 65 އަހަރުން މަތީގެ ދޮށީ އުމުރު މީހުންނާއި، އުމުރުން 6 މަހާއި 6 އަހަރާ ދެމެދުގެ ކުދިންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މޯލްޑިވިއަން ބްލަށް ސަރވިސްގެ އިތުރުން ދަމަނަވެށި، ސެނަހިޔާ، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ އަދި އައިޖީއެމްއެޗުން ވެކްސިން ދިނުމުގެ ޚިދުމަތް ދެއްވަމުންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.