ސިޔާސީ

"މަޖިލީހުގެ ނާއިބް ރައީސާ ދެކޮޅަަށް ނަގާ ވޯޓްވެސް ފާހެއް ނުވާނެ"


ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް މޫސާ މަނިކުގެ އިތުބާރުނެތްކަމަށް ހުށަހަޅާފައިވާ މައްސަލަވެސް ފެއިލް ކޮށްލާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙު ވަކިކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހުށައެޅި ވޯޓަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަވަމުން ނިހާން ވިދާޅުވީ، މަޖިލީހުގެ ރައީސާ ދެކޮޅަށް ހުށައެޅި މައްސަލަ ފެއިލް ކޮށްލިގޮތަށް މަޖިލީހުގެ ނާއިބް ރައީސާ ދެކޮޅަށް ނަގާ ވޯޓްވެސް ފެއިލް ކޮށްލާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަސީޙް ވަކިކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހުށައަޅައިގެން، މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓް ސަރުކާރު ހިންގާ ކޯލިޝަނުން ވަނީ، ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ކާމިޔާބުކޮށް މަސީޙުގެ އިތުބާރު ދަމަހައްޓާފައެވެ.