ޚަބަރު

ވަގަށް ނަގާ ސައިކަލުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


ވަގަށް ނަގާ ސައިކަލްތައް ފަޞޭހައިން ހޯދައިގަނެވިދާނެ ގޮތްތަކާއިގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސުން ސައިކަލް ވިއްކާ ކުންފުނިތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފިއެވެ.

ސައިކަލް ވިއްކާ ކުންފުނިތަކާއެކު ބޭއްވި ބަައްދަަލުކުރެއްވުމުގައި ސައިކަލް ވިއްކުމުގެ ކުރިން ސައިކަލުގައި ލޮކޭޝަން އެނގޭ ޑިވައިސްއެއް ހަރުކުމާއި، އަދި ސައިކަލް ވިއްކުމާއި ސައިކަލް ގަންނައިރު ސައިކަލް އެއްކޮށް އިންޝުއަރެންސް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސައިކަލުގެ އިންޖީނު ނަންބަރާއި ސައިކަލާއި ގުޅޭ އެހެނިހެން ތަކެތީގެ ނަމްބަރު ބަދަލުކުރާނަމަ، ރަސްމީ ލެޓަރ ހެޑް ސްޓޭމްޕް ޖަހާފައިވާ ރިޕޯޓެއް ދޫކުރުމަށް ފުލުހުން އެދިވަޑައިގަތެވެ. 

ފުލުހުން ވިދާޅުވީ ޓޯވްކުރެވޭ ސައިކަލް ތަކުގައި އިންޖީނު ނަންބަރާއި ޗެސިސް ދިމާނުވާތީއާއި ކޮމްޕެނީން އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާނުލާ ހުރިނަމަވެސް ބައެއްފަހަރު ކުރެވޭ މަރާމާތުތަކުގައި އެނަންބަރުތައް އޮޅިފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. 

މިބައްދަލުވުމުގައި އޭލިއާ އިންވެސްމެންޓް، އޭލިއާ ކޮންސްޓްރަކްޝަން، ބުރަދާސް މޮޓޯ ކޮންޕެނީ، ލިޓަސް މޯލްޑިވްސް އަދި ލިފާން މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން ފުލުހުންގެ ޖެނަރަލް އިންވެޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.