ދީން

ރާއްޖެއިން މިމަހު ޢުމްރާއަށްދާ މީހުން ފުރަން ފަށައިފި


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި، އަމިއްލަ ބައެއް ޖަމާއަތްތަކުގެ ޙަވާލުގައި ރާއްޖެއިން މިމަހު ޢުމްރާއަށްދާ މީހުން ފުރަން ފަށައިފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 140 މީހުން ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެތެރެއިން 110 މީހުން މިއަދު ހެނދުނު ޤަތަރު އެއާރވޭސްގެ ފްލައިޓުގައި ފުރާފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. ބާކީ ތިބި 30 މީހުން މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މާރޗް މަހުގެ ޢުމްރާ ދަތުރަށް ޙައްޖު ކޯޕަރޭޝަނުން ކަނއަޅާފައިވަނީ 22،965 (ބާވީސް ހާސް ނުވަސަތޭކަ ފަސްދޮޅޮސް ފަސް) ރުފިޔާއެވެ.

އަމިއްލަ ބައެއް ޖަމާޢަތްތަކުންވެސް މިމަހު، މީހުން ޢުމްރާއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރެއިން ޒަމްޒަމް ގުރޫޕްގެ ޙަވާލުގައިދާ 90 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އެޖަމާޢަތުން ބުނޭ. އަދި އަސްކޮއި ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައިދާ 48 މީހުން ރޭ ފުރާފައިވާއިވާ ކަމަށް އެގުރޫޕުން ބުނެއެވެ.