ތަރައްްޤީ

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި


ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރަމުން ދަނީ މަޖުބޫރުކޮށްގެންކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙު ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ފަލާޙް ހުށަހެޅުއްވި ޤަރާރު ބޭރުކޮށްލީ 38 މެމްބަރުންގެ ވޯޓުންނެވެ. މި ޤަރާރު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 20 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.

ފަލާޙް ހުށަހެޅުއްވި ޤަރާރުގައި ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒިފުންނަށް ޕީޕީއެމްއަށް ވަނުމަށް މަޖުބޫރު ކުރުވާ ކަމަށެވެ. ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި މަސައްކަތްތެރިންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ވަޒީރުންނާއި ޕީީޕީއެމްގެ މެންބަރުން އަރައިގަންނަަ ކަމަށް އެ ޤަރާރުގައި ވަނީ ތުހުމަތުކޮށްފައެވެ. މި ޤަރާރަށް މިއަދު  ބަހުސް ކުރައްވާފައިވާއިރު ސަރުކާރަށް ތާޢީދު ކުރައްވާ މެމްބަރުން ވަނީ މި ޤަރާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.