ޚަބަރު

އެންސިސް އިން ތިނަދުއަށް 5 ޓަނުގެ ގަސްކާނާ ހަދިޔާކޮށްފި


އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް 5 ޓަނުގެ އޯގެނިކް ގަސްކާނާ ހަދިޔާކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ އެންސިސްގެ ފެކްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެއްޗާއި ހަވާލުވެވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ. މިއީ އެންސިސް އިން އުފައްދާ ބާވަތްތައް އުފެއްދުމުގައި ބާކީވާ ބައިތައް ބޭނުންކޮށްގެން، %100 ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތައްޔާރުކޮށްފައިވާ ގަސްކާނާއެވެ.

އެންސިސް ފިޝަރީޒްގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ވަސީމް އިސްމާޢީލާއި ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެންސިސް އިން އުފައްދާ މި ގަސްކާނާގެ ސަބަބުން ރާއްޖެއިން ބޭރުން އެތެރެކުރާ ގަސްކާނާގެ %30 ސަލާމަތްވާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙުމަދު ޡުހޫރު ބައިވެރިވެވަޑައިގެންނެވިއެވެ.