ތިމާވެށި

ފްލޭމަބަލް ރެފްރިޖަރެންޓްސް ގެންގުޅޭނެ ގޮތާގުޅޭ ތަމްރީން ފަށައިފި


ފްލޭމަބަލް ރެފްރިޖަރެންޓްސް ގެންގުޅޭނެ ގޮތާއި މިފަދަ ތަކެތި ރައްކާތެރިކުރާނެ ގޮތާގުޅޭ ޤައުމީ ފެންވަރުގެ ތަމްރީން ބައްދަލުވުމެއް މިއަދު މާލޭގައި ފަށްޓަވައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއާއި ޗައިނާ ޓްރަސްޓް ފަންޑް ޕްރޮޖެކްޓް ގުޅިވަޑައިގެން ހިންގަވާ ތިންދުވަހުގެ މި ތަމްރީން ބައްދަލްވުމުގެ މަޤުޞަދަކީ، ރާއްޖޭގައި މިހާރު ފްލޭމަބަލް ރެފްރިޖަރެންޓް ގެންގުޅޭ ގޮތާއި މިދަފަ ގޭސް ބޭނުންކުރާ އުސޫލްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެތަކެތި ބަލަހައްޓާނެ ގޮތުގެ ތަމްރީން ދެއްވުމެވެ.

މިއަދު ހެދުނު މޯލްޑިވްސް ޕޮލިޓެކްނިކްގައި ފެއްޓެވި މި ތަމްރީން ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ ޢަބްދު ﷲ ޒިޔާދު ވަނީ ދިވެހިރާއްޖޭގައި އެޗްސީއެފްސީ ފޭސްއައުޓް ކުރުމަށް ކުރިއަށްގެންދާ ތަފާތު މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ޢަބްދު ﷲ ޒިޔާދު ވަނީ މިފަދަ ތަމްރީން ޕްރޮގުރާމްތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ތިމާވެށްޓާމެދު ހޭލުންތެރިން އިތުރުކުރުމަށް ރާއްޖޭގައި މިފަދަ ސިސްސިލާ ތަންރީން ބައްދަލްވުންތަށް ކުރިއަށް ގެންދިއުމަށް ޔޫއެން އެންވަޔަރަންމަންޓް އަދި ޗައިނާ ޓްރަސްޓް ފަންޑްން ދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ. މި ތަމްރީން ބައްދަލުވުމުގައި ކަމާގުޅޭ ދާއިރާތަކުން 39 މީހުން ބައިވެރިވެފައިވެއެވެ.