ޚަބަރު

މަޖީދީމަގުގެ ޓްރެފިކް ބާރުބޮޑު ސަރަޙައްދެއް ބަންދުކޮށްފި !


މަޖީދީމަގު މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިއަދުން ފެށިގެން މަޖީދީމަގު ލެކިއުޓް ކުރިމަތިން ފެށިގެން ކާމިނީ މަގާ ހަމައަށް ބަންދުކުރުމަށް ނިންމައި އެސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަވައިފިއެވެ. 

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިއަދުން ފެށިގެން އެ ސަރަހައްދުގެ މަސައްކަތް ނިމެންދެން އެސަރަހައްދުގެ ބައެއް ގޯޅިތަކުގައި ވެހިކަލް ޕާކްކުރުން މަނާކުރައްވާފައިވާކަމަށެވެ. އެގޮތުން ކުދީނާ ގޯޅި އާއި ދިލްބަހާރު ގޯޅިއާއި ހުވަނދުމާގޯޅިއާއި ޖަނަވަރީ ގޯޅީގައި ޕާކްކުރުން މަނާވާނޭކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ގޯޅިތަކުން ދަތުރުކުރެވޭ ގޮތްތަކަށްވެސް ބަދަލުތަކެއް ގެންނަވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

img:http://s4.psmnews.mv/images/660x400/14864671809044.jpg|ޓްރެފިކްފްލޯއަށް ގެންނެވި ބަދަލުތައް ފެންނަ ޗާޓު / ފޮޓޯ: ޕޮލިސް

ފުލުހުން ވިދާޅުވީ މިބަދަލުތަކަކީ މަސައްކަތް ނިމެންދެން ގެނެވުނު ވަގުތީ ބަދަލުތަކެއްކަމަށެވެ. އަދި މިބަދަލުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި އެސަރަހައްދުތަކުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުންދާނޭކަމަށް ފުލުހުން ވިދާޅުވެއެވެ.