ތަރައްްޤީ

ޚާއްޞަ ދަތުރުފުޅެއްގައި ހައުސިންގ މިނިސްޓަރ ހދ.އަތޮޅަށް


ހދ.އަތޮޅަށް ކުރައްވާ ޚާއްޞަ ދަތުރުފުޅެއްގައި ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޑރ.މުޢިއްޒުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ހދ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގަވާތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހދ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީގްރޫޕުގެ ލީޑަރ އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.