ތިމާވެށި

ޤުދުރަތީ ކާރިޘާތަކުގެ ސަބަބުންް 175 ބިލިއަން ޑޮލަރުގެ ގެއްލުން


މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި އެކިއެކި ޤުދުރަތީ ކާރިޘާތަކުގެ ސަބަބުންް 175 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވާކަމަށްް ޖަރުމަންވިލާތުގެ އިންޝުއަރެންސް ކުންފުންޏަކުން ހާމަކޮށްފިއެވެ.

މިއުނިކްރޭ ކުންފުނިން ހާމަކުރާ ގޮތުގައި 2016 ވަނަ އަހަރަކީ، މިދިޔަ 4 އަހަރާ އަޅާބަލާއިރު ޤުދުރަތީ ކާރިޘާތަކުން ލިބުނު ގެއްލުން އެންމެ ބޮޑު އަހަރެވެ. 175 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، އިންޝުއަރެންސް މެދުވެރިކޮށް ބަދަލުގެ ގޮތުގައި ދެވިފައިވަނީ އެންމެ 50 ބިލިއަން ޑޮލަރުގެ ގެއްލުމަށްކަމަށް އެކުންފުނިން ހާމަކުރެއެވެ.

ޖަރުމަންވިލާތުގެ އިންޝުއަރެންސް ކުންފުނީގެ މަޢުލޫމާތުތަކަށް ބަލާލާއިރު، އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އޭޝިޔާއަށެވެ. ޖަޕާނަށް އައި 2 ބިންހެލުމެއްގައިި 31 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހުނުއިރު، ހޫނު މޫސުމުގައި ޗައިނާއަށް ކުރިމަތިވި ފެންބޮޑުވުމުގައި 20 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14840547012913.jpg|ޖަޕާނަށް ކުރިމަތިވި ބިންހެލުމުގައި ގެއެއް ވެއްޓިފައި

އޭޝިޔާއަށްފަހު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީ އުތުރު އެމެރިކާގެ ޤައުމެއްކަމަށްވާ ހެއިޓީއަށެވެ. އެތައް ސަތޭކަ ބަޔަކު މަރުވި ހަރިކޭން މެތިއުގެ ސަބަބުން ހެއިޓީއަށް 10 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި އެކިއެކި ޤުދުރަތީ ކާރިޘާތަކުގައި 8700 މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރު 25400 މީހުން މަރުވެފައިވެއެވެ.