ތަރައްްޤީ

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލި 37 ބިމެއް ވިއްކާލަނީ


ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން ދޫކޮށްލި 37 ބިމެއް، އަކަފޫޓެއް 2،000 ރުފިޔާގެ ރޭޓުން ވިއްކާލުމަށް ހައުސިންގ މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.

އެހެންކަމުން މިކަމަށް އެދި މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުން ދޫކޮށްލި 37 ބިމެއް ވިއްކާލުމަށް ހައުސިންގ މިނިސްޓްރީން ވަނީ ޢިއުލާންކުރައްވާފައެވެ. މިބިންތައް ގަތުމަށް ޝަޢުޤުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް މިބިންތައް ގަތުމުގެ ފުރުޞަތު ހައުސިންއިން ވަނީ ހުޅުވާލައްވާފައެވެ. img:http://s4.psmnews.mv/images/660x400/14774044580664.jpg|ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން - ފައިލް ފޮޓޯ: ޕީއެސްއެމް

މިފުރުޞަތުގައި ވިއްކެވުމަށް ނިންމާވާފައިވާ ބިންތަކަކީ 90 އަކަފޫޓުން ފެށިގެން 200 އަކަފޫޓާއި ދެމެދުގެ ބިންތަކެކެވެ. އެޢީ މާފަންނުން 12 ބިމަކާއި، މައްޗަންގޯޅިން 8 ބިމެއްގެ އިތުރުން ގަލޮޅުން 7 ބިމަކާއި ހެންވޭރުން 10 ބިމެކެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކެވުމާ ބެހޭ އުޞޫލުގެ ދަށުން ބިން ވިއްކެވުމުގައި އެންމެ އިސްކަންދެއްވާނީ ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ ބިންތަކުގެ މިލްކުވެރިންނަށް ކަމަށާއި، އެނޫން ފަރާތްތަކަށް އެފަދަ ބިމެއް ވިއްކާނަމަ ވިއްކަން ވާނީ އެފަދަ ފަރާތެއް ބިންގަތުމަށް ކުރިމަތިލާފާއި ނެތްނަމަ ކަމަށް މި އުޞޫލުގައިވެއެވެ. img:http://s3.psmnews.mv/images/660x400/14774044778440.jpg|ޓާޓާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން - ފައިލް ފޮޓޯ: ޕީއެސްއެމް

އަދި ވިއްކަން ނިންމާ ބިމާ އިންވެގެން އޮންނަ އެއްވެސް ބިމެއްގެ މިލްކުވެރިއަކު އެބިން ގަތުމަށް ބޭނުންނުވާނަމަ އެނޫން ފަރާތަކަށް އެބިން ވިއްކަވާނީ ބީލަމުގެ އުޞޫލުން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. ބިން ގަންނަނީ އެބިމާ އިންވެގެން އޮންނަ ބިމެއްގެ މިލްކުވެރިއަކު ކަމަށްވާނަމަ ދެބިން އެއްކޮށްލައިގެންވެސް ރަޖިސްޓްރީ ހެއްދިދާނެކަމަށް މިއުޞޫލްގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ބިމުގެ އަގު ދެއްކުމަށްފަހު ޝަރުޢީ މަރުޙަލާ ނިންމާ، އެކަން ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުން އެފަރާތެއްގެ ނަމަށް އެބިން ބަދަލުކޮށްދެއްވާ ގޮތައްވެސް މި އުޞޫލްގައިވެއެވެ.

ބިންގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން މާލޭގައި ކުދި ބިން އޮތް ފަރާތްތަކުން، އެބިންތައް ސަރުކާރަށް ދޫކޮށްލުމުން އެފަރާތްތަކަށް މިހާރު ވަނީ ފްލެޓް ލިބިފައެވެ.