ޚަބަރު

ހެންވޭރު ސޯސަން ފްލާވަރ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހެންވޭރު ސޯސަންމަގުގައި ހުންނަ ސޯސަން ފްލާވަރގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެގެއަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހަވީރު ފަހެއްޖަހަނިކޮށް ހިނގި މިހާދިސާގައި އަލިފާން ރޯވެފައިވަނީ ސޯސަން ފްލާވަރގޭގެ ހަތްވަނަ ބުރީގައި ލަކުޑިން ހަދާފައިހުރި ދެ ބުރި ޑެކެއްގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

tw:https://twitter.com/PSMnewsmv/status/813723265159991297

މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ވަނީ އެސަރަޙައްދަށް ގޮސް، އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ތެރޭގައި އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް، އެއްކޮށް ނިއްވާލައްވާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

tw:https://twitter.com/PSMnewsmv/status/813723383045046272

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ދަނީ ބައްލަވަމުންނެވެ.