ޚަބަރު

ރައީސުލްޖުމްހޫރިއްޔާ 3 ޤައުމަކަށް ސަފީރުން އައްޔަންކުރައްވައިފި


ތިން ޤައުމަކަށް ރަޢީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަފީރުން ޢައްޔަންކުރައްވައިފިއެވެ.

ރައީސް ޔާމީން ސަފީރުން އައްޔަން ކުރެއްވީ ޖަޕާނާއި ސިންގަޕޫރު އަދި ޖަރުމަނަށެވެ.

ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރައްވާފައިވަނީ، މ.ކޮތަންމާގޭ، މުޙަންމަދު ޙުސައިން ޝަރީފެވެ. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރައްވާފައިވަނީ، ހ.ވައިޓްޑައިމަންޑް، ޖަމީލާ ޢަލީ ޚާލިދެވެ. އަދި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރައްވާފައިވަނީ ހެ.މީނާޒް ޙަމްދޫން ޢަބްދުﷲ ޙަމީދެވެ.