ޚަބަރު

ޢާންމު މައިދާންތަކުގައި އެނަރޖީ ޑްރިންކްސް އިސްތިހާރު ނުކުރެވޭނެ


ޢާންމު މައިދާންތަކާއި ޕާކުފަދަ ތަންތަނުގައި އެނަރޖީ ޑްރިންކްސް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ސަރުކާރުން ހުއްދަ ދެއްވާނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. tw:https://twitter.com/MMuizzu/status/809355558318850048

މިނިސްޓަރ މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މާލޭގެ ޢާންމު މައިދާންތަކާއި ޕާރކް ފަދަ ތަންތަނުގައި އެނަރޖީ ޑްރިންކްސް އިސްތިހާރު ކުރުމަކީ އަދި އެފަދަ ބުއިންތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްވެސް އިވެންޓެއް ނުވަތަ ޙަރަކާތެއް ބޭއްވުމަކީވެސް ހުއްދަ ދެއްވާނެ ކަމެއް ނޫން ކަމަށެވެ. img:http://s1.psmnews.mv/images/660x400/14818167480234.jpg|އެނަރޖީ ޑްރިންކްސް ދަޅުތަކެއް -

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ބަނޑޮހުގައި ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ މުޙައްމަދު ނާޒިމް ވިދާޅުވީ، ހަކުރުގިނަ ބުއިންތަކުގެ ސަބަބުން އުފެދި ބޮޑުވަމުން އަންނަ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ފަދަ އުފެއްދުންތައް އިސްތިހާރު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ސްކޫލު ކުދިން ބައިވެރިވާ ޙަރަކާތްތަކުގައި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް އިސްތިހާރުކޮށް އެކުދިން އެއަށް ހިތްޖެއްސުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.