ޚަބަރު

"އުތެމަ"ގެ ނަމުގައި ޖަމްޢިއްޔާއެއް އިފްތިތާޙުކޮށްފި


އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ އާ ޖަމްޢިއްޔާއެއް އިފްތިތާޙުކޮށްފިއެވެ.

"އުތެމަ" ގެ ނަމުގައި އުފެއްދި މި ޖަމްޢިއްޔާއިން ބުނީ އެ ޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި އަންހެނުންގެ ޙައްޤުގައި އަންހެނުންގެ ތަރައްޤީއަށް އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރުމާއި އަންހެނުންގެ ޙާލަތު ދެނެގަނެ، ދިރާސާކޮށް، އެފަދަ މަޢުލޫމާތުތައް މުޖުތަމަޢާ ޙިއްޞާކުރުން ކަމަށެވެ.

ސަލްސާ ރޯޔަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަރާތްތަކާއެކު އަންހެނުން ބާރުވެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާވެސް ކޮށްފައިވެއެވެ.