ޚަބަރު

އިސްލާމިކް ޔުނިވަރސިޓީއަށް ދީފައިވާ 5 ސްކޮލަރޝިޕް ފުރުޞަތު


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދީފައިވާ 5 ސްކޮލަރޝިޕް ފުރުޞަތުތަކަށް ހުޅުވާއްލައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި އިސްލާމިކް ބޭންކުން ދީފައިވާ މިސްކޮލަރޝިޕްތަކަކީ ފުލް ފަންޑެޑް ސްކޮލަރޝިޕްތަކެކެވެ. މިފުރުޞަތުތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުއްވާލައްވާފައެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީމަހު އިސްލާމިކް ޔުނިވަރސިޓީން ފެއްޓެވުމަށް ހަމަޖެހިފައިވާ ކޯސްތަކުގައެވެ. މިގޮތުން އެ ޔުނިވަރސިޓީއިން ފެއްޓެވުމަށް ހަމަޖެހިފައިވާ ބެޗްލަރ އޮފް އިސްލާމިކް ފައިނޭންސް ކޯހުގައި ކިޔެވުމަށް 5 ފުރުޞަތަށް އެދި ހުށަހެޅުމަށް ވަނީ ހުޅުއްވާލައްވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީއިން ބުނީ މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރާނީ އިސްލާމިކް ބޭންކުން ކަމަށާއި، ކޯސް ފުރިހަމަ ކުރުމަށްފަހު 2 އަހަރު ދުވަހު އިސްލާމިކް ބޭންކްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް އިސްލާމިކް ބޭންކްއާއި އިސްލާމިކް ޔުނިވަރސިޓީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.