ޚަބަރު

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމަށް ޚާއްޞަ ސެމިނާއެއް


ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ޢަދުލުއިންސާފުގެނިޒާމާއި ޤާނޫނީ ނިޒާމުގެ ޔަޤީންކަން ކަށަވަރުކޮށް، ވިޔަފާރިއަށް ފަހި މާހައުލެއްޤާއިމްކުރުމުގެ ގޮތުން ޝަރުޢީ ދާއިރާއާއި މިނިސްޓްރީ އޮފް އިކޮނޮމިކްޑިވެލޮޕްމަންޓުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ކޮލޯކިއަމްއެއް މިއަދުފައްޓަވައިފިއެވެ.

މި ކޮލޯކިއަމް ފައްޓަވައިދެއްވީ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲޔާމީން އަބްދުލްޤައްޔޫމެވެ.

ހޮޓެލްޖެންގައި ފެއްޓެވި މި ކޮލޯކިއަމްއަކީ، ވާރލްޑް ބޭންކުގެ ޑުއިންގ ބިޒްނަސް އިންޑެކްސްގައިރާއްޖޭގެ ދަރަޖަ އަހަރަކަށްވުރެ އަހަރެއް ރަނގަޅުކުރުމައްޓަކައިރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އިސްނެއްގެވުމުގެ މަތިންއިކޮނޮމިކް މިނިސްޓްރީއާއި ޝަރުޢީ ދާއިރާ ގުޅިގެން ކުރިއަށް ގެންދަވާކޮލޯކިއަމްއެކެވެ. މި ކޮލޯކިއަމް ކުރިއަށްދާއިރު މަޝްވަރާކުރެވޭ ކަންތައްތަކުގެތެރޭގައި ވިޔަފާރީގެ މައްސަލަތަކުގައި ޢަމަލުކުރާ ޢިޖުރާއަތްތަކުތަކާ ގުޅޭބައިތަކާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތެރެއިން ހަމަޖައްސަންޖެހޭ ބައެއްކަންތައްތައް ފުރިހަމަވެފައިވާ މިންވަރު ވަޒަންކުރުން ހިމެނެއެވެ. އަދި މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމާއިއެއްބަސްވުން ތަންފީޛުކުރުމުގެ މަރުޙަލާ ފުރިހަމަކުރުމުގައި ޝަރުޢީ މަރުޙަލާގެތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން އަވަސްކަމާއި ހަލުވިކަމާއެކު ފުރިހަމަކުރުމަށްޓަކައި ޝަރުޢީ ދާއިރާގެ ތެރެއިން ކުރެވެން ހުރި ކަންތައްތަކާއިހަމަޖައްސަންޖެހޭ އިންތިޒާމްތަކާ ގުޅޭގޮތުންވެސް، މި ކޮލޯކިއަމްގައިމަޝްވަރާކުރެވިގެންދާނެ. ބިން ވިއްކުމުގެ މުޢާމަލާތުތައް ކުރިއަށް ގެންދިއުމުގެއިޖުރާއަތުތަކަކީ ޑުއިންގ ބިޒްނަސް އިންޑެކްސްގައި އިޤްތިސާދީ ސަރަހައްދުތައް ދަރަޖަކުރުމުގައިވަޒަންކުރާ ދާއިރާތަކުގެ އެއްދާއިރާއެވެ.

ބިމާ އިމާރާތް ގަނެވިއްކުމުގެމުއާމަލާތްތަކުގައި ބޭނުންކުރެވިދާނެ ވަކި ސްޓޭންޑަޑް އެގްރިމެންޓެއް ނެތުމުގެސަބަބުން މިފަދަ މައްސަލަތައް ކޯޓްތަކަށް ހުށަހެޅޭއިރު، އެގްރިމެންޓް ތަންފީޒު ކުރުމަށްޓަކައި އެގްރިމެންޓުގައި ކޮންމެހެން ހިމަނަންޖެހޭ ބައެއްމަޢުލޫމާތު ހިމަނާފައި ނުހުންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތައްޔާރުކުރާ ބިމާއި އިމާރާތް ގަނެވިއްކުމުގައި ބޭނުންކުރާ ސްޓޭންޑަޑް އެގްރިމެންޓް މިކޮލޯކިއަމްގައި ޕްރޮމޯޓްކޮށްދެއްވާފައިވެއެވެ. އަދި ވިޔަފާރީގެ ދާއިރާގައިހަރަކާތްތެރިވާ ފަރާތްތަކުން ޝަރުޢީ ދާއިރާގެ ތަފާސް ހިސާބުގެ ތެރޭގައި ހިމެނުމަށް އުއްމީދުކުރާ ބައިތައް ދެނެގަނެ ސްޓޭކް ހޯލްޑަރުންގެ ޚިޔާލު ވަނީ މި ކޮލޯކިއަމްގެތެރެއިން ހޯއްދަވާފައެވެ.

ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހިސާބުން މަތީހަރުފަތަކަށް ގެންދިއުމަކީ، ރައީސުލްޖުމްހޫރިއްޔަ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދެކެވެ. މިވަޢުދު ފުއްދެވުމަށް ސަރުކާރުން މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާފެނިފައިވަނީ ވަރަށްވެސް ފޮނިކޮށެވެ. ރާއްޖޭގެ އިގްތިސާދުގައި މީގެކުރިންފެނިފައިނުވާހާ ބިޔަ ބޮޑެތި ޕްރޮޖެކްތައް ފެށި އިގްތިސާދީ ތަރައްގީގެ ގިނަމަޝްރޫޢުތަކެއް މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ހިންގަވަމުންނެވެ. މިކަންކަމަށް ބޭނުންވާ ލުއިފަސޭހަ ވިޔަފާރި މާހައުލެއް ބިނާކޮށް އިޤްތިޞާދީ ހަރުދަނާފިޔަވަޅުތައް ތަންފީޒްކުރެއްވުމަށް ސަރުކާރުން އަންނަނީ ގިނަ ގުނަމަސައްކަތްތަކެއް ކުރައްވަމުންނެވެ.