ތިމާވެށި

ތިމާވެށި ރައްކާތެރިކުރުމަށް ޤާނޫނީ އޮނިގަނޑު ބައްޓަންކުރަނީ


ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓުމަށް އަމާޒުކޮށް ޤާނޫނީ އޮނިގަނޑު ބައްޓަންކުރުމަށް ދިވެހިރާއްޖެއިން މެދުނުކެނޑި މަސައްކަތް ކުރަމުންގެންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑރ. ޢަބްދު ﷲ ނަޞީރު ތިމާވެއްޓާބެހޭ ބައިނަލްއަޤުވާމި ޖައްސާއެއްގައި ވިދާޅުވެއްޖެއެވެ. tw:https://twitter.com/EnvGovMv/status/805280822416830464

ދިރޭތަކެތީގެ ނަސްލުތައް ޙިމާޔަތްކުރުމާ ގުޅޭގޮތުން މެކްސިކޯގެ ކަންކޫންގައި މިހާރު ކުރިޔަށްދާ، އދ. ގެ ޤައުމުތަކުގެ ތިމާވެއްޓާބެހޭ އިސްފަންތީގެ ބޭފުޅުންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޞީރު ވިދާޅުވީ ދިވެހީންގެ މުޅި ދިރިއުޅުމާއި ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ރާއްޖޭގެ ތިމާވެއްޓާއި، އެ ވެށީގެ ދިރުންތަކުގެ މައްޗަށް ކަމަށެވެ. tw:https://twitter.com/EnvGovMv/status/804868085672878081

އަދި ރާއްޖެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ހަމަޖެއްސުމަށް 2012 ވަނަ އަހަރު ސަރުކާރުން ފެއްޓެވި މަސައްކަތަށް އިޝާރާތް ކުރައްވަމުން ޑރ. ނަޞީރު ވިދާޅުވީ 2017 ވަނަ އަހަރު ރާއްޖެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. tw:https://twitter.com/EnvGovMv/status/805278351455821824