ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު ހައްޔަރުކޮށްފި


ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 5 މީހަކު ފުލުހުން ހައްޔަރުކުރައްވައިފިއެވެ. މީގެތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި 2 އަންހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ. މި މީހުން ރާއްޖެއަށް އެތެތެކުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 6 ކިލޯއަށްވުރެ ގިނައެވެ.

މީގެތެރޭގައި ހިމެނޭ 3 ފިރިހެނުން ހިމެނޭ މައްސަލައަށް ބަލާއިރު އެމީހުން ގެނައި މަސްތުވާތަކެތީގައި 3.142 ކިލޯ ގްރާމް ހުރިކަމަށް ފުލުހުން ވިދާޅުވެއެވެ. ދެ އަންހެނުންގެ ތެރެއިން އެކަކު އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 2.74 ކިލޯގްރާމް ހުރި ކަމަށް ފުލުހުން ވިދާޅުވެއެވެ. އަނެއް އަންހެންމީހާ ގެނައި މަސްތުވާ ތަކެތީގެ ބަރުދަނުގައި 1.032 ކިލޯގްރާމް ހުރިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ދެ އަންހެނުން ވަކިވަކިން އެތެރެކުރި މަސްތުވާތަކެތި ގެނެސްފައިވަނީ އިންޑިއާއިން އައި މަތިންދާ ބޯޓެއްގައެވެ. 

3 ފިރިހެނުން އައީ ސްރީލަންކާއިން އައި ފްލައިޓަކުންނެވެ. މި އެންމެންނަކީވެސް ޒުވާނުންނެވެ. މި އެންމެންވެސް އަތުލައިގެންފައި ވަނީ މިދިޔަ ނޮވެމްބަރމަހުގެ ފަހުކޮޅުއެވެ.