ޓުއަރިޒަމް

އެންމެ އަމާން ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ


އެންމެ ހަމަހިމޭން އަދި އަމާން ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

"ކޮންޑެނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވާޑްސް" ގެ އެންމެ ހަމަހިމޭން އަދި އަމާން ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިފައިވާއިރު، މި އެވޯޑަށް ދެން ނޮމިނޭޓު ވެފައިވަނީ ސީޝެލްސް އަދި ޒާންޒިބާއެވެ. ދުބާއީގައި ކުރިއަށްދިޔަ އެވޯޑު ހަފްލާގައި ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގެންނެވީ، އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ މުސަބު އަބްދުﷲއެވެ.

މި ހަފްލާގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދުސިތު ތަނި މޯލްޑިވްސްއަށް ވަނީ އައިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާ ރިސޯޓުގެ އެވޯޑު ލިބިފައެވެ. މިދިޔަ އަހަރު " ކޮންޑެ ނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވޯޑްސް" ގައި ރާއްޖެއަށް ވަނީ އެންމެ ކަމުދާ ގޮނޑުތައްތަކުގެ މަންޒިލްގެ އެވޯޑުވެސް ލިބިފައެވެ.

މަޝްހޫރު ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަރސްގެ "ކޮންޑެނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވާޑްސް" އަކީ އެ އާންމުންގެ ވޯޓުގެ މައްޗަށް ބިނާކޮށްދޭ އެވޯޑެކެވެ.