ތަރައްްޤީ

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 22 ފަރާތަކަށް


ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 20 ބޭފުޅަކަށާއި 2 ޖަމްޢިއްޔާއަކަށް ލިބިވަޑައިގެންފިއެވެ. މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

މި އިނާމް ލިބިވަޑައިގެންނެވި ފަރާތްތަކަކީ:

1- ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން:އަލްޙާފިޡާ ޞަފިއްޔާ އަޙްމަދު ފ. ނިލަންދޫ އަމާޒު

2- އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ރޮނގުން:އައްޝައިޚު އިބްރާހީމް އަޙްމަދު ފ. ނިލަންދޫ ބިއްދޮށުގެ

3- ތަޢުލީމީ ދާއިރާއިން، ތަޢުލީމީ ދާއިރާ ތަރައްޤީ ކުރުމުގެ ރޮނގުން:އަލްފާޟިލް އަޙްމަދު ޢާޠިފް އއ. ފެރިދޫ ޝަބްނަމްގެ

4- ޞިއްޙީ ދާއިރާއިން، ޢާންމު ޞިއްޙަތު ކުރިއެރުވުމާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:ލެފްޓެނަންޓް ކާނަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ގ. ހުދުކޮކާ

5- އިޖުތިމާޢީ ރައްކާތެރިކަމާއި، އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން:

އަލްފާޟިލާ ފައުޒިއްޔާ މަޙްމޫދު ހުޅުމާލެ ފްލެޓް 03-3-91

6- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ޢަދީލް ގދ. ގައްދޫ ދުންމާރިގެ

7- މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކިބާވަތްބާވަތުގެ އަތްތެރި މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލާ މަރްޔަމް ފާއިޒާ ގޮފި ގދ. ގައްދޫ

8- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:އަލްފާޟިލް އަޙްމަދު ޒާހިރު މުޙައްމަދު ގ. ނަންރީތިގެ

9- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި، ޕްރޮގްރާމް އުފެއްދުމުގެ ރޮނގުން: އަލްފާޟިލް ޙަފްޞީ ޢަބްދުﷲ ނ. ލަންދޫ ފުރަވެރި

10- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:އަލްފާޟިލް އަޙްމަދު ޢަބީރު އިސްމާޢީލް ގ. ޕާރނިސް

11- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:ޑޮކްޓަރ ޙުސައިން ޙަލީމް މ. ނީލޯފަރުމާގެ

12- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލާ މުޢީނާ މުޙައްމަދު ހ. މިސްޓީނައިޓް

13- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލް މުޙައްމަދު ޒިލާލް މ. ޖަޒީމާ

14- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލް އަޙްމަދު އަކްރަމް މއ. މާންދޫގޭ ދެކުނުގެ

15- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން:ސާޖަންޓް އަޙްމަދު ޒުނޭޖް ހދ. ނޭކުރެންދޫ ރޯޒީވިލާ

16- ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުމުގެ ރޮނގުން:ކާނަލް ޢަބްދުލްމަތީން އަޙްމަދު މ. ލޮނުވެލި

17- ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުމުގެ ރޮނގުން:އަލްފާޟިލް ފަރުހާދު އިބްރާހީމް ހދ. ނޭކުރެންދޫ ވާރޭވިލާ

18- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން:އަލްފާޟިލާ މަރްޔަމް އުނޫޘާ ގ. ބެރުގެ

19- އަންހެނުންގެ ދާއިރާއިން، އަންހެނުންގެ ތަރައްޤީއަށާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ރޮނގުން:އަލްފާޟިލާ ރަޙީމާ އާދަމް މ. މާހިއާ

20- ޒުވާނުންގެ ދާއިރާއިން، ދަރުމަޔަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން:އަލްފާޟިލް ޙަސަން ޝިޔާމް ހއ. ހޯރަފުށީ އިރުދޭމާގެ



ޤައުމީ އިނާމު އެރުވުނު 2 ޖަމްޢިއްޔާއަކީ:

1- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރުމުގެ ރޮނގުން:ޖާރނީ

2- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާ