ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން

މެޑިކަލް ސައިންސްގެ ރޮނގުން ސްކޮލަރޝިޕްގެ 3 ފުރުޞަތު


ޞިއްޙީ ދާއިރާއަށް ބޭނުންވާ ސުޕަރ ޝްފެޝަލިސްޓުން ތަމްރީނު ކުރުމަށް ލިބިފައިވާ ތިން ސްކޮލަރޝިފް ފުރުސަތު އައިޖީއެމްއެޗްގައި މަސައްކަތްކުރާ ތިން ސްޕަސަލިސްޓް ޑޮކްޓަރަކަށް ދެއްވައިފިއެވެ. img:http://s3.psmnews.mv/images/660x400/14787243652952.jpg|މެޑިކަލް ސައިންސްގެ ރޮނގުން ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސުން ދެއްވި މި ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ތިން ޑޮކްޓަރުންނަކީ، ޑރ. މުހައްމަދު ޝަނީޒް، ޑރ މުހައްމަދު ވަހީދު އަދި ޑރ. އަބްދުﷲ އަދުސަރުއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި 3 ސްކޮލާޝިޕްތައް އެފަރާތްތަކާއި ހަވާލުކޮށްދެއްވީ، ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ސްޕެޝަލިސްޓުން ތަމްރީނު ކުރުމަށްޓަކައި ދެވުނު މި ފުރުސަތުތަކަކީ ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްއާއި މިނިސްޓްރީއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން މިއަހަރަށް ދެއްވާފައިވާ ފުރުސަތުތަކެއް ކަމަށެވެ. އެގޮތުން މި ޔުނިވާސިޓީގައި މިހާރުވެސް ތަފާތު ރޮނގުތަކުން މެޑިކަލް ސްޕެޝަލައިޒޭޝަން ފުރިހަމަކުރަމުންދާ ވިހި ޑޮކްޓަރުން ތިބި ކަމަށާއި ނޭޕާލްގެ ޓްރިބުވާން ޔުނިވާސިޓީން ސަތާރަ ޑޮކްޓަރުން ޕޯސްޓްގްރޭޖްއޭޝަން ކިޔަވަމުންދާކަން މިނިސްޓަރ ނާޒިމު ފާހަގަކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14787243828836.jpg|މެޑިކަލް ސައިންސްގެ ރޮނގުން ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުކުރުމަށްޓަކައި ދިވެހިންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެއް ކަމަށެވެ. އެގޮތުން ސުޕަރ ސްޕެޝަލިސްޓެއްގެ ގޮތުގައި ޑޮކްޓަރަކު ތަމްރީނު ކުރުމަށް ގާތްގަނޑަކަށް 53،000 ޑޮލަރު ހަރަދުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ 2007 ވަނަ އަހަރުން 2012 ވަނަ އަހަރާ ދެމެދު 3 ޑޮކްޓަރަކު ނިއުރޮލޮޖީ، ކާޑިއޯވަސްކިއުލާ، ތޮރަސިކް އިން ސާޖަރީންތަމްރީން ހޯދާފައިވާ ކަމަށެވެ.