ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ، މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ. img:http://s1.psmnews.mv/images/660x400/14787190589347.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ، މައިގަނޑު ފަސްތަނބުގެ ތެރެއިން ފުރަތަމަ ތަނބުގެ ކޮންކްރީޓް މަސައްކަތް - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު
ފަސްތަނބުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެއެވެ. ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ހަލުވި ސްޕީޑްގައި ދަނީ ކުރިއަށް. މި މަސައްކަތާ ހަވާލުވެފައިވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނިންދަނީ ހުޅުލެ އަދި މާލެ ކޮޅުން ބްރިޖްގެ މަސައްކަތް ކުރަމުންނެވެ. ބްރިޖް މަސައްކަތުގެ ތެރެއިން މިހާރު މިވަނީ މައިގަނޑު ތަނބުގެ ތެރެއިން ހުޅުލޭކޮޅުން ފުރަތަމަ ތަނބުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ބައްލަވަލެއްވުމަށް ސައިޓަށް ޒިޔާރަށް ކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަސައްކަތް މިހާރު ފަށާފައިވާ ތަނބުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14787199802773.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް، މިނިސްޓަރ މުޢިއްޒު ބައްލަވާލެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު
ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ބްރިޖްގައި ޖުމްލަ 35 ޕައިލް ހިމެނޭއިރު، މައިގަނޑު ކޮންމެ ތަނބެއްގައި 7 ޕައިލް ހުންނާނެއެވެ. ކޮންމެ ޕައިލެއްގެ ފުޅާމިނަކީ 3.2 ޑައިމީޓަރެވެ. މާލެކޮޅުން މައި ބްރިޖަށް އަރަން ހަދާ އެޕްރޯޗް ބްރިޖްގައި 74 ޕައިލް ހިމެނޭއިރު މީގެ ތެރެއިންވެސް 12 ޕައިލްގެ ކޮންކްރީޓް މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތް ކުރިށްދަނީ މަސައްކަތުގެ ކޮލިޓީއަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބްރިޖްގެ މައިގަނޑު ފަސް ތަނބުގެ މަސައްކަތާއި ހުރިހާ ޕައިލް ކޮންކްރިޓީން އަންނަ އަހަރުގެ މެދެތެރެއަށް ނިންމުމަށްވަނީ ތާވަލްކޮށްފައެވެ. އެއަށްފަހު ދެން ފަށާނީ މައި ބްރިޖްގެ އޮނިގަނޑުގެ އަތުރާލުމުގެ މަސައްކަތެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހަށް މަސައްކަތް ނިންމުމެވެ. img:http://s2.psmnews.mv/images/660x400/14787200516398.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް، މިނިސްޓަރ މުޢިއްޒު ބައްލަވާލެއްވުން - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު
ބްރިޖް އެޅުމަށް 210 މިލިއަން ޑޮލަރު ޚަރަދުވެއެވެ. އެއިގެތެރެއިން 124 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. 12.6 މިލިއަން ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ނިންމަވަފައިވާއިރު، ޗައިނާ ސަރުކާރުން ލުއި ލޯނުގެ ގޮތުގައިވެސް އެހީތެރިކަން ފޯރު ކޮށްދެއްވުމަށްވަނީ ނިންމަވާފައެވެ. މިއީ މިހާރު ސަރުކާރުން ކުރިއަށްގެންދަވާ މެގެ ޕްރޮޖްޓްގެ ތަރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.