ޚަބަރު

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި


  • ޖަލްސާ އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި

  • މިމަހު 29ގެ ކުރިން ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވާންޖެހޭ

ސަރުކާރާއި ރައްޔިތުން ހިއްސާވާ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 08:30 ގައި ހޮޓެލް ޖެންގައެވެ.

އެމްޓީޑީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހު 29 ވަނަ ދުވަހުގެ ރޭ 08:30ގެ ކުރިން، އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެ ކުންފުނީގެ ޕޯޓަލް (http://infinity.mv) މެދުވެރިކޮށް ޙިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެވޭނެ ކަމަށާއި، ޙިއްސާދާރުންގެ ތެރެއިން ޕްރޮކްސީ ހޯލްޑަރެއް ނުވަތަ ބަދަލުގައި ވޯޓުދޭ ފަރާތެއް އައްޔަންކުރަން ބޭނުންފުޅުވާނަމަ އެ ފުރުސަތުވެސް އޮންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މިއަހަރުގެ ޖަލްސާގައިވެސް ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއިމެދު ގޮތެއް ނިންމުން އޮންނާނެއެވެ.

އެމްޓީޑީސީއަކީ، ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ.