ކުޅިވަރު

ވައުދު ފުއްދަން ކުކުރޭޔާގެ އަތަށް ކޯޗުގެ ފޮޓޯއެއް


ވެފައިވާ ވައުދު ފުއްދުމަށް ސްޕޭނުގެ ވާތު ބެކް މާކް ކުކުރޭޔާ އޭނާގެ އަތުގައި ކޯޗު ލުއިސް ޑެލަފުއެންޓޭގެ ޓެޓޫ އެއް ޖަހައިފި އެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި މިމަހު ނިމުނު ވޯލްޑް ކަޕުގެ ކުރިން ކުކުރޭޔާ ބުނީ މުބާރާތުގެ ޗެމްޕިއަންކަން ސްޕޭނަށް ލިބިއްޖެނަމަ އޭނާގެ އަތުގައި ކޯޗުގެ ޓެޓޫއެއް ޖަހާނެ ކަމަށެވެ.

އުމުރުން 65 އަހަރުގެ ޑެލަފުއެންޓޭގެ ޓެޓޫގައި ފެންނަނީ ކޯޓު ފަޓުލޫނުގައި އޭނާ ވޯލްޑް ކަޕް ތައްޓާއެކު ހުރި މަންޒަރެވެ. މި ޓެޓޫ ފެނިފައި ސްޕޭނުގެ މިޑްފީލްޑަރު މިކޭލް މެރިނޯ ބުނީ ވަރަށް ފުރިހަމަ ކަމަށެވެ. އަދި ސްޕޭނުގެ މަޝްހޫރު ޓެނިސް ތަރި ކާލޮސް އަލްކަރާޒް ވެސް ވަނީ ތައުރީފް ކޮށްފަ އެވެ.

އުމުރުން މިހާރުގެ 28 އަހަރުގެ ކުކުރޭޔާ ވަނީ ވޯލްޑް ކަޕުގައި މޮޅަށް ކުޅެ މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ. އަދި މުބާރާތުގެ ކުރިން ސްޕޭނުގެ ރެއާލް މެޑްރިޑުން ވަނީ އޭނާގެ ސޮއޮ ހޯދައިފަ އެވެ. ހުސްވި ދެ ސީޒަނުގައި އޭނާ ކުޅުނީ އިނގިރޭސި ކުލަބު ޗެލްސީ އަށެވެ.