ކުޅިވަރު

އަލްޖީރިޔާ ބަލިކޮށް، ސްވިޒަރލެންޑް ގަދަ 16 އަށް!


  • މިއީ 80 އަހަރު ތެރޭ ސްވިޒަރލެންޑް ނޮކްއައުޓް މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރު

2-0 ން އަލްޖީރިޔާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ސްވިޒަރލެންޑް ޖާގަ ހޯދައިފިއެވެ.

ގަދަ 32 ޓީމް ވާދަކުރާ މުބާރާތުގެ ދެވަނަ ބުރުގައި ސްވިޒަރލެންޑުން ވަނީ ކޮންމެ ހާފެއްގައި ގޯލެއް އަލްޖީރިޔާ ކޮޅަށް ޖަހާފައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނިޓްގައި ޖެހީ ބްރީލް އެމްބޯލޯ އެވެ. އޭނާ ލަނޑު ޖެހީ 20 އަހަރުގެ މަންޒަމްބީ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ޖެހީ އެންޑޯއީއެވެ. ފުރަތަމަ ލަނޑު ޖަހަން އެސިސްޓްކުރި މަންޒަމްބީ ވަނީ މުބާރާތުގައި ތިން ގޯލް ޖަހާ، ދެ ގޯލްޖަހަން އެސިސްޓްކޮށް، ފަސް ގޯލް ޖެހުމުގައި ބައިވެރިވެފައެވެ.

މިއީ 88 އަހަރުގެ ތެރޭގައި ސްވިޒަރލެންޑަށް ވަރލްޑްކަޕްގެ ނޮކްއައުޓް މެޗެއްގއި ހޯދުނު ފުރަތަމަ މޮޅެވެ. ގަދަ ސޯޅަ ޓީމްގެ ބުރުގައި ސްވިޒަރލެންޑް ވާދަކުރަން ޖެހޭނީ ކޮލަމްބިޔާ ނުވަތަ ގާނާ އާއެވެ. ގަދަ 32 ޓީމް ވާދަކުރާ ބުރުގެ ފަހު މެޗަކީ ކޮލަމްބިޔާއާ ގާނާ ވާދަކުރާ މެޗެވެ.