ކުޅިވަރު

ޖަޕާނު މެޗަކީ ފައިނަލެއް، ނޭމާ ކުޅޭނެ: އަންޗެލޯޓީ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32ގައި މިރޭ ޖަޕާނާ ދެކޮޅަށް ނުކުންނަ މެޗަކީ ފައިނަލެއް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ފާޑުކިއުން އަމާޒުވި ނަމަވެސް އަންޗެލޯޓީ ބުނީ ދެވަނަ ބުރަކީ ތަފާތު ހާލަތެއް ކަމަށެވެ.

"އަހަރުމެން މި މެޗު ނަގާނީ ފައިނަލެއް ފަދައިން. ޖަޕާނަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ އެއް ޓީމު. މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ. އަހަރުމެން ޖަޕާނަށް ފުރިހަމަ އަށް އިހްތިރާމް ކުރާނަން،" އަންޗެލޯޓީ ބުންޏެވެ.

ކުލަބު ލެވެލްގައި ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗު ބުނީ ވޯލްޑް މި މެޗަށް މާގިނަ ބަދަލުތަކެއް ބްރެޒިލް ޓީމަށް ނުގެންނާނެ ކަމަށެވެ. ނަމަވެސް ދިމާވެދާނެ ކޮންމެ ހާލަތަކަށް ބްރެޒިލް ތައްޔާރުވާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ ދެ މެޗުގައި ނުކުޅެހުރި ފޯވަދް ނޭމާ ޖޫނިއާ ވަނީ އެންމެ ފަހުން ބްރެޒިލް ކުޅުނު މެޗުގެ ފަހު 15 މިނިޓް ކުޅެފަ އެވެ.

"އޭނާ އަށް އެ މެޗުގައި 15 މިނިޓަށްވުރެ އިތުރަށް ކުޅެވޭ ގޮތެއް ނުވި. އެކަމަކު އޭނާ ވަނީ ވަރަށް ރަނގަޅަށް އަނިޔާ އަށް ފަރުވާ ހޯދާފައި. އޭ މި މެޗުގައި އެއަށްވުރެ ގިނަ ވަގުތު ކުޅުމަކީ އެކަށީގެންވާ ކަމެއް،" ކޯޗު ބުންޏެވެ.

މި މުބާރާތުގައި ބްރެޒިލް އަދި ޓެސްޓް ނުކުރެވެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި މިދިޔަ އޮކްޓޫބަރު މި ދެ ގައުމު ބައްދަލުކޮށްގެން މޮޅުވީ ޖަޕާނެވެ.