ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެ


ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ރިއްމަސް" ދޯނީގެ ޚަބަރެއް މިއަދު ވެއްޖެއެވެ.

މި ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، ދޯނި ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާ ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯނި ހޯދުމަށް ކުރި މަސައްކަތުން މިއަދު ހެނދުނު 8:02 ހާއިރު އދ.މާމިގިލީ ކަނދުފަތިން 4 ނޯޓިކަލް މޭލު ދެކުނުން ބޭރުގަ އޮއްވައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ދޯނީގެ ޚަބަރެއް ނުވެ ލަސްވެފައިވަނީ ދޯނީގެ އިންޖީނުގެ ތެޔޮހޮޅި ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތުދެއްވައެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.