ތިމާވެށި

"ފުވައްމުލަކު ފަރަށް ލިބުނު ގެއްލުމުގެ އަގު 600 މިލިއަނަށް އަރާ"


ވިއެޓްނާމްގެ ބޯޓް ފުވައްމުލަކު ފަރަށް އެރުމުގެ ސަބަބުން އެ ސަރަޙައްދުގެ ފަރަށް ލިބިފައިވާ ގެއްލުމުގެ އަގުކުރެއްވުމުން، އެކަމަށް 600 މިލިޔަން ރުފިޔާ އަރާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ބޯޓް ފަރަށް އެރުމުގެ ސަބަބުން އެ ސަރަޙައްދުގެ ފަރަށް ލިބުނު ގެއްލުން ބެއްލެވުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ކުރެއްވި ސާރވޭއިން ގެއްލުންތައް ދެނެގަނެވިފައިވާ ކަމަށާއި، އެ ރިޕޯޓްގެ މަޢުލޫމާތަށް ބައްލަވައި އަގުކުރެއްވުމުން، ފާހަގަކުރެވިފައިވާ ފައިސާގެ ޢަދަދަކީ 600 މިލިޔަށް ރުފިޔާ ކަމަށްވީނަމަވެސް މި ޢަދަދުން އެބޯޓް އަދި ޖޫރިމަނާ ކުރައްވާފައި ނުވާކަމަށް ޢަބްދުއްރަޝީދު ނާފިޒު ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، މިކަމާބެހޭގޮތުން ބޯޓުގެ ވެރިފަރާތާ މަޝްވަރާ ކުރައްވަމުންގެންދަވާ ކަމަށާއި ޖޫރިމަނާ ކުރެއްވުމުން އެ ފައިސާ ދެއްކުމުގައި އެއްބަސްވެވޭ ގޮތްތަކާ ބެހޭގޮތުން ބޯޓުގެ ވެރިފަރާތާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.