ޚަބަރު

ޢިރާޤުގެ އައު ރައީސްއަކީ ނިޒާރު އަމަދީ


ޢިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ އައު ރައީސްގެ މަޤާމަށް ކުރުދީ ސިޔާސީ ލީޑަރެއް ކަމަށްވާ ނިޒާރު އަމަދީ އިންތިޚާބުކޮށްފިއެވެ.

ޢިރާޤުގައި ރައީސްގެ މަޤާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެކެވެ. ޢިރާޤުގައި ޤައުމު ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ބޮޑު ވަޒީރެެވެ. އެ ޤައުމުގެ ސިޔާސީ ނި
ޒާމު ބައްޓަންކޮށްފައި އޮންނަ ގޮތުން ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރަން ޖެހޭނީ ޝީޢީ މުސްލިމެކެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ސުންނީ މުސްލިމެކެވެ. ޤައުމުގެ ރައީސްގެ މަޤާމަށް ޢައްޔަނުކުރަން ޖެހެނީ ކުރުދީއެކެވެ.

އުމުރުން 58އަހަރުގެ އަމަދީއަކީ ޢިރާޤުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. 2024ވަނަ އަހަރުން ފެށިގެން އޭނާ ގެންދެވީ ބަޣުދާދުގައި ހުންނަ ޕެޓްރިއޮޓީކް ޔޫނިއަން އޮފް ކުރުދިސްތާން، ޕީޔޫކޭގެ ސިޔާސީ އޮފީސް ހިންގަވަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ފަހު މަޖިލީސް އެކުލަވާލައި، އެ މަޖިލީހުން ޤައުމުގެ ރައީސް މިހާރު ޢައްޔަނުކޮށްފައިވާއިރު، ދެން ކުރިއަށް އޮތީ ބޮޑުވަޒީރެއް ޢައްޔަނުކުރުމުގެ މަސައްކަތެެވެ.

ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު، ނޫރީ އަލް-މާލިކީ ބޮޑު ވަޒީރުގެ މަޤާމަށް އަލުން ޢައްޔަނު ކޮށްފިނަމަ އެމެރިކާއިން ޢިރާޤަާށް ވާގިވެރިވުން ހުއްޓައިލާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ. މާލިކީއަކީ އެ ބޭފުޅަކަށް އެމެ
ރިކާއާއި ޔަހޫދީންގެ ދުޝްމަނެއް ކަމަށްވާ އީރާނުން ވާގިވެރިވާ ބޭފުޅެކެވެ.