ޚަބަރު

އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރަން އުޅުނު މީހަކު ނިޔާވެއްޖެ


  • މި ހާދިސާ ހިނގީ މިއަދު މެންދުރުފަހު 15:10ހާއިރު

  • މިހާ ނިޔާވީ ހެލްތު ސެންޓަރަށް ގެންދިޔަ ފަހުން

ވ.ފުލިދޫގައި މުދަށްއެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރަން މޫދަށް އެރުނު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރުމަށް މަސައްކަތް ކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 15:10ހާއިރުކަމަށެވެ.

އެމީހާ ނިޔާވެފައިވަނީ ހެލްތް ސެންޓަރުގައި ފަރުވާދެމުން ދަނިކޮށްކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި ޙާދިސާގައި ނިޔާވެފައިވަނީ 63 އަހަރުގެ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގުކުރަމުންނެވެ.