ތަރައްްޤީ

3 އަހަރުތެރޭ ފަހަކަށް ވުރެއް ގިނަ ސަރަޙައްދީ އެއަރޕޯޓް


ކުރިއަށް އޮތް 3 އަހަރުތެރޭ ފަހަކަށް ވުރެއް ގިނަ ސަރަޙައްދީ އެއަރޕޯޓުތައް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ, ދަތުރުފަތުރަށް ކުރަންޖެހޭ ބޮޑު ޙަރަދުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކަށާއި ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަޙައްދީ އެއަރޕޯޓުތައް ތަރައްޤީކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރަހައްދީ 11 އެއަރޕޯޓް އޮޕަރޭޓްކުރަމުންދެއެވެ.

މިހާރު މަސައްކަތް ކުރިއަށްދާ ދ.ކުޑަހުވަދޫ އެއަރޕޯޓުގެ މަސައްކަތް ނިމި، އެއަރޕޯޓު މިއަހަރުގެ ފަހު ކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅު ހުޅުވިގެންދާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ހާމަކުރެއެވެ.