ޚަބަރު

ދުންފަތް ކޮންޓްރޯލް ކުރުމަށް 1.3 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް


ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން ކުރާ މަސައްކަތަށް 1.3 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއްލިބިއްޖެއެވެ.

މި އެހީއަކީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ މައިކަލް ބްލޫމްބާރގް ގެ އިސްނެންގެވުމުގެ ދަށުން ދުންފަތާއި ދެކޮޅަށް އެބޭފުޅާ ކުރައްވަމުންގެންދަވާ މަސައްކަތަށް އެޗްޕީއޭގެ ފަރާތުން ހުށަހެޅުއްވި ޕްރޮޕޯސަލް ކާމިޔާބު ވުމުގެ ސަބަބުންލިބުނު އެހީއެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅިވެއެވެ.

ހެލްތު މިނިސްޓްރީއަށް ލިބުނު މި އެހީއާއި ގުޅޭ ގޮތުން މީޑިއާއި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިއެހީއަކީ ޑަބްލިއު.އެޗް.އޯގެ އެހީއާއި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑުގް އެހީގެދަށުން ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ބޮޑު އެހީކަމެއްކަމުގައެވެ.

މި އެހީގެ ސަބަބުން ދުންފަތަށް މީހުން ހޭލުންތެރިކަން އިތުރުކުރުމާއި، އެނޫންވެސް މިބާވަތުގެ މަސައްކަތްތައް ކުރެއްވުމަށް އެހީ ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.