ދުނިޔެ

ޗައިނާގައި ކުޑަ މަތިންދާ ބޯޓެއް ވެއްޓި 4 މީހުން މަރުވެއްޖެ


ޗައިނާގެ ހެއިބެއި ޕްރޮވިންސްގައި ބޭއްވި އެއަރ ޝޯއެއްގެ ތެރެއިން ކުޑަ މަތިންދާ ބޯޓެއް ވެއްޓި 4 މީހުން މަރުވެއްޖެއެވެ.

މިހޙާދިސާ ހިނގީ ލުއަންޝެންގް އެއަރޕޯޓްގައި ބޭއްވި ޖެނެރަލް އޭވިއޭޝަން އެގްޒިބިޝަން އެންޑް އެވީ-ކްލަބް ފްލައިޓް ކާރނިވަލްގެ ތެރެއިން އެލްއީ ފައިވް ހަންޑްރަޑް މަރުކާގެ ކުޑަ މަތިންދާ ބޯޓެއް ވެއްޓިގެންނެވެ. މިބޯޓު ވެއްޓިފައިވަނީ ލުއަންޝެންގް އެއަރޕޯޓް ކައަރީގައި އޮތް ހުސް ބިމަކަށްކަމަށް މަޢުލޫމަތު ލިބެއވެެ.

މިޙާދިސާގައި މަރުވީ ބޯޓު ދުއްވަން އިން ޕައިލަޓާއި، 3 ފަސިންޖަރުންނެވެ. މިޙާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުޤީގުކުރަމުންނެވެ. މިއެއަރ ޝޯއަކީ މިދިޔަ އަންގާރަދުވަހު ފެށުނު އެއަރ ޝޯއެކެވެ.