މާލެ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ވެއްޓިފަވަނީ އެ ފްލެޓްގެ 5 ވަނަ ފަންގިފިލާއިންކަމަށް ފުލުހުން ވިދާޅުވިއެވެ.
ވެއްޓުނު މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުޤީގުކުރަމުންނެވެ.