ޚަބަރު

ކުއްލި ހާލަތްތަކުގައި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެއްބަސްވުމެއް


  • ކުއްލި ހާލަތްތަކުގައި އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް މަސައްކަތްކުރާނެ

ކުއްލި ހާލަތްތަކުގައި ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެއްބަސްވުމެއްގަިއ ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ، ކުއްލި ހާލަތްތަކުގައި އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި އެކުލަވާލި އެއްބަސްވުމެކެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ފުލުުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައިޮ ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

ކުއްލި ހާލަތްތަކުގައި ދިމާވާ އެކި ކަންކަމުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެމްއޭސީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ދެ މުވައްސަސާ ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ޚާއްސަ އިސްކަމެއް ދެވިގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.