އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު "ކެޔޮޅު އެޕް" މެދުވެރިކޮށް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ.
ރ.ދުވާފަރުގައި ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ.
ކެޔޮޅު އެޕްލިކޭޝަންގައި ހިމަނާފައިވާ މި ފީޗަރ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ލިބޭނެއެވެ. އަދި އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރު އެނގޭނެއެވެ.
މި ޚިދުމަތާއެކު، މަސްވެރި އޮޑިދޯނިފަހަރަށް، ބޮޑު ލުއިފަސޭހަތަކެއް ލިބުމުގެ އިތުރުން، ވަގުތާއި ޚަރަދުވެސް ވަރަށް ބޮޑަށް ސަލާމަތްކުރެއެވޭނެއެވެ.