ޚަބަރު

ރައީސް އޮފީހަށް ސްޓޭޓް މިނިސްޓަރަކު ޢައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި މުޙައްމަދު ނަޞީރު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. 

މި މަޤާމަށް ޢައްޔަނު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި މ.ފުންފިނި އަލްފާޟިލް މުޙައްމަދު ނަޞީރެވެ. ޙާރިޖީ ދާއިރާގެ ތަޖުރިބާ ހުންނެވި މުޙައްމަދު ނަޞީރަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.