ޚަބަރު

4000 ފްލެޓްގެ ވަކިވަކި ޓަވަރުތައް ހަވާލުކުރާނެ ތާރީޚުތައް ހާމަކޮށްފި


  • އަންނަ ހަފްތާގައި 5 ޓަވަރުގެ ތަޅުދަނޑު ދޫކުރާނެ

  • ޖަނަވަރީގެ ނިޔަލަށް ނިންމާނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެތެރެއިން، 5 ޓަވަރެއްގެ ތަޅުދަނޑި މިމަހުގެ 2ވަނަ ހަފްތާގައި ހަވާލުކުރަން ތައްޔާރުވަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން, އެފްޑީސީން ވިދާޅުވެއްޖެއެވެ. އެފްޑީސީން ވަނީ ފްލެޓްތައް ދޫކުރުމަށް މިހާރު ތާވަލުކޮށްފަވާ ތާރީޚުތަކާ ގުޅޭ ބައެއް ތަފްސީލްތައް ޙިއްސާކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ޙީއްސާކުރި މަޢުލޫމާތުގައި އެފްޑީސީން ވިދާޅުވީ ދެން އެންމެ އަވަހަށް ދޫކުރުމަށް ހަމަޖެހިފަވަނީ، އުދަރެސްގެ 5 ޓަވަރުގެ ތަޅުދަނޑިތަކެވެ.

ޓަވަރުތައް ހަވާލުކުރަން ލަފާކޮށްފަވާ ތާރީޚުތައް:

ޑިސެންބަރު 2ވަނަ ހަފްތާ: އުދަރެސް ޓަވަރު - 11، 12، 13، 15، 16
ޑިސެންބަރު 5ވަނަ ހަފްތާ: ދޯދި ޓަވަރު - 1 ،2 ،3 ،4 ،12 ،13 ،14
ޖަނަވަރީ 2ވަނަ ހަފްތާ: ދޯދި ޓަވަރު - 15 ،16
ޖަނަވަރީ 3ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 6، 8
ޖަނަވަރީ 4ވަނ ހަފްތާ: އުދަރެސް ޓަވަރު - 1، 2، 3، 4، 7
ޖަނަވަރީ 5ވަނަ ހަފްތާ: އުދަރެސް ޓަވަރު - 5، 10
ޖަނަވަރީ 5ވަނަ ހަފްތާ: ދޯދި ޓަވަރު - 5، 6، 7، 8، 9، 10، 11

އެފްޑީސީން ވިދާޅުވީ، މިއީ ޓަވަރުތައް މިހާރު ދޫކުރުމަށް ލަފާކުރާ ތާވަލު ނަމަވެސް، ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. ސަރުކާރު އަދި އެފްޑީސީގެ ޢަމާޒަކީވެސް ފްލެޓްތައް ޖަނަވަރީގެ ނިޔަލަށް ހަވާލުކުރުމެވެ.

ފްލެޓްތަކުގައި މިހާރު ވަނީ އިމާރާތުގެ ހުރިހާ މަސައްކަތްތައް ނިމިފައެވެ. ގިނަ ޓާވަރުތަކުގައި ކުރިއަށްދަނީ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭ، ޓެސްޓްތައް ކުރުމުގެ މަސައްކަތްތަކެވެ.

ޤަވާޢިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޤަވާޢިދުން ކުލި ދައްކާނަމަ 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވަނީ ނިންމަވާފައެވެ.

އެންމެ ފުރަތަމަ ދޫކޮށްފަވަނީ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގައި ހިމެނޭ އެޕަރޓްމަންޓްތަކެވެ. ތަޅުދަނޑި ހަވާލުކުރަން ފަށާފަވަނީ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ފްލެޓްތައް ދޫކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތަކެއް ނިންމާފައެވެ.