އދ.ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު، ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މިއެއްބަސްވުމުގެ ދަށުން ދިއްދޫގައި 558 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 25 މީޓަރުގެ ބޮޑުހިލައިގެ 2 ގްރޮއިން ޖެހުމާއި ގޮނޑުދޮށުން ގިރާފައިވާ ސަރަޙައްދަށް ވެލި އަޅާ އިއާދަކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.1 މިލިޔަން ރުފިޔާއަށް 6 މަސް ދުވަހުން ނިންމާގޮތަށެވެ.